English Edition
Dhivehi Edition

ފަނޑިޔާރުގެ އިސްލާހުވާނީ ބޮޑާ ކަމާއި ކިބުރުވެރިކަމެއް ނެތް،އިލްމުވެރި ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކުރެވިގެން ކަމަށް މައްޝޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ވަކީލް ހުސްނުއް ސުއޫދު މިހެން ވިދާޅުވީ ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވަން އުޅޭހާ ހިނދަކު ފަނޑިޔާރުގެ މިނިވަން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އުތްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ އީއެ ބޭއްވި ޖުޑީޝަލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނުވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) އިން އިންތިޒާމު ކޮށްގެން “ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް” ނަމުގައި ދަރުބާރުގޭގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ސެމިނާގައި ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ގާނޫނީ ދާއިރާގެ ބޭފުޅުން ބައިވެރިވިއެވެ.

ސުއޫދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުވާނީ އާންމު ފަރުދުންގެ އިހްސާސްތަކާއި ދަތިތައް އެނގޭ މީހުން ފަނޑިޔާރުގެއަށް އައްޔަނުކޮށްގެން ކަމަށެވެ.