English Edition
Dhivehi Edition

އިންޑިޔާ އާއި ޕާކިސްތާނުގެ މަސްރަހު ހަމައަކަށް އަޅުވައިދޭނެ ކަމަށް ސައުދި އަރަބިއާއިން ވިދާޅުވެއްޖެއެވެ.

ސައުދީ އިން މިހެން ވިދާޅުވީ މިހާރު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސައުދީ އަރަބިއާގެ ސްޓޭޓް މިނިސްޓަ ފޯ ރފޮރިން އެފެއާޒް އާދިލް އަަލް ޖުބައިރު އެވެ.

މިނިސްޓަ ފޯ ރފޮރިން އެފެއާޒް އާދިލް ވިދާޅުވީ ސައުދީގެ ބޭނުމަކީ ދެކުނު އޭޝިއާގެ އަވައްޓެރި ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމްކޮށް އެ މަގަށް މަސައްކަތް ކުރުން ކަމަށެވެ.

ޕްރިންސް ސަލްމާން އިންޑިޔާއަށް ވަޑައިގެންނެވިއިރު އިންޑިޔާ އާއި ޕާކިސްތާނުގައި އޮތީ ކަޝްމީރުގެ މައްސަލައިގައި ވަރަށް މަސްރަހު ހޫނުވެ ފަހެވެ.
އެއީ ކަޝްމީރުގައި މިދިޔަ ހަފުތާގައި ދިން ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން މަރުވުމާ ގުޅިގެންނެވެ.