English Edition
Dhivehi Edition

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ހާއްސަ ކެމްޕެއިންގައި ބައިވެރިވެ ޤައުމީ ޔުނިވަރސިޓީން ވެސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައި އެކަން ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަދު ކުރުމުގެ ޕްރޮގްރާމް ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމް ގައި މިއަދު ފައްޓަވާއިދެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒްއެވެ. ޕްލާސްޓިކްފުޅީގެ ބަދަލުގައި ޤައުމީ ޔުނިވަރސިޓީ ގައި ދެން ބޭނުންކުރާނީ ފިލްޓާކުރާ ފެން ކޫލަރ ނުވަތަ ބިއްލޫރި ފުޅި ރިފިލްކޮށްގެންނެވެ.

މިރަސްމިޔަތުގައި ޑރ. ފަވާޒް ވީދާޅުވީ އެމް.އެން.ޔޫ ގެ މުވައްޒަފުންނަށް ބިއްލޫރި ފުޅި ބެހުމަށް ހަމަޖެހިފައި ނުވާކަމަށެވެ. ކޮންމެ ބޭފުޅަކު ވެސް ފަރުދީ ޒިންމާ ނަންގަވައި އެކަންމަށް އަމަލުކުރުން އެއީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ފަވާޒް ވިދާޅުވިއެވެ. ފަވާޒް މިހެން ވިދާޅުވެފައި ވާއިރު މިކަމަށް ތައްޔަރު ވުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީ ލައިބްރަރީ ގެ ހުރިހާ މުވައްޒަފުންނަށް ލައިބްރަރީ ގެ ޗީފް ގެ މަގާމުގައި ހުންނެވި ހުސެން ޙަލީމް ވާނި ކޮންމެ މުވައްޒަފަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރައްވަފައެވެ.

މިރަސްމިޔާތުގައި ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓީ ތަކުގެ ގިނައަދަދެއްގެ މުވައްޒަފުންވަނީ ބައިވެރި ވެފައެވެ. މިއާއިއެކު އެމް.އެން.ޔޫ ކެމްޕަސްތަކުގައި ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަނާވާނެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން އެންމެ ފުރަތަމަ ހުއްޓާލީ އެންވަޔަރްމަންޓް މިނިސްޓްރީންނެވެ. އެއަށްފަހު ސަރުކާރުގެ އެކިއެކި އިދާރާ ތަކުން ވަނީ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލަން ފަށާފައެވެ. އެގޮތުގެ މަތިން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ އިތުރުން މޯލްޑިވުސް ޕޯރޓް ވެސްވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައެވެ.