English Edition
Dhivehi Edition

ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އެމަނިކުފާނުގެ ލޯޔަރުން ހައި ކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހަޅައިފިއެވެ.

ޔާމީން މާފުށީޖަލުގައި ބަންދުކޮށްފައިވަނީ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގައި ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާކަމަށް ޕީޖީއަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ޔާމީން ހައްޔަރު ކުރުމުގެ އަމުރު މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގެން ކަމެއް އަދި އެގިފައެއްނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވަނީ ބުނެފައެވެ