English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގެ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ވާދަކުރާއިރު އެ ޓީމަށް ސަމާލުވާން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ މި ދެ ޓީމް ވާދަ ކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުނީ މިރޭގެ މެޗަށް ނިކުތްނާނީ ބަޔާންގައި ތިބީ މޮޅެތި ކުޅުންތެރިން ކަން އެނގިގެން އެކަމަށް ތައްޔާރު ވެގެންކަމަށެވެެ.

ކްލޮޕް ބުނީ ލިވަޕޫލް ކުޅުންތެރިން މިވަގުތު ތިބީ އިތުބާރާއި އެކުގައި ކަމަށާއި މިރޭގެ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ޓީމާއި މެދު އެބައޮތް ކަަމަށެވެ.

“އަހަރެމެން މިވަގުތު މިއޮތީ ރަނގަޅޫ ފޯމްގައި.އަހަރުމެންގެ ޓީމް މިވަގުތު މިއޮތީ ލީގްގެ އެއްވަނަ މަގާމްގައި މިއީ ކުޅުންތެރިން ހިއްވަރު ކުރަންވީ ވަގުތު. ލިވަޕޫލަކީ ވަރަށް ރަނގަޅު އެޓޭކިން ޓީމެއް. އަހަރެމެން ޖެހޭނެ މިމެޗު ރަނގަޅަށް ކުޅެން.ބަޔާންގެ ތިބީ މޮޅެތި ކުޅުންތެރިން އެމީހުންނަށް ސަމާލުވާންޖެހޭނެ”ކްލޮޕް ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލް އަތް އޮންނަ އެންމެ ބޮޑު ގެއްލުމަކީ އެޓީމްގެ އެންމެ މުހިންމު އެ ކުޅުންތެރިޔާ ނެދަލޭންޑްސްގެ ވާޖިލް ވެން ޑައިކް ސަސްޕެންޑްވެފައި ހުރުމެވެ. އަނެއްކޮޅުން އެޓީމުގެ ކްރޮއޭޝިއާ ޑިފެންޑަރު ޑެޔާން ލޮވްރެން ވެސް މިރޭގެ މެޗަށް ފިޓުވާނެ ކަމަކަށް ނުބެލެވެއެވެ. ޑިފެންޑަރުންގެ މައްސަލަތައް ލިވަޕޫލަށް ކުރިމަތިވެފައިވާއިރު މިރޭގެ މެޗުގައި އެ ޓީމްގެ ފަހަށް މިރޭ ބަލަހައްޓާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބްރެޒިލްގެ ފަބީނިއޯ ނުވަތަ ޖޯޑަން ހެންޑަސަންއެވެ.

ލިވަޕޫލާ ބަޔާން މިއުނިކް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.މި ދެ ޓީމް ދެވަނަ ލެގްގައި ކުޅޭ މެޗު އޮންނީ އަންނަ މަހު 13 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ.