English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއި އެކު ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީން ތާއިދުނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ،

ރޭ ރާއްޖެ ޓީވީ ގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަމުން އަލީ ވަހީދު ވިދާޅުވީ ޖޭޕީ އިން ޕީޕީއެމް އާއި ޕީއެންސީގެ ކެންޓިޑޭޓުންނަށް ތާއިދު ކުރުމަށް ނިންމާފައި ނުވާކަމަށާއި ޖޭޕީން އިދިކޮޅު ކެންޑިޑޭޓަކަށް ތާއިދުކުރަން ނިންމި ނަމަވެސް އޭނާ އެ ބޭފުޅަކަށް ތާއިދު ނުކުރައްވާނެކަމަށެވެ. “ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިސް ކުރެއްވީ ނިމިދިޔަ ސަރުކާރު ގޯސްވެގެން. އެހެންކަމުން މި ސަރުކާރު ދެމެހެއްޓުމަކީ ކޯލިޝަން ހުރިހާ ޕާޓީއެއްގެ ޒިންމާ އެއް.”އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ ހުރިހާ ޕާޓީއެއްގެ މެމްބަރުންވެސް މަޖިލީހުގައި ތިބެން ޖެހޭނެކަމަށާއި މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަމަށެވެ. އަދި ޖޭޕީއިން ވާދަނުކުރާ ދާއިރާތަކަށް ކުރިމަތިލާފައިވާ ސަރުކާރުގެ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ޖޭޕީއިން ތާއިދުކުރާނެކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.