English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ތާވަލްކޮށްފިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިން ކުރުމުގެ ދައުވާ އެވެ. މިމައްސަލައިގައި މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަމުންނެވެ.

ޔާމީންގެ މައްޗަށް ޕީޖީން ދައުވާ އުފުލީ މިދިޔަ ހަފްތާގައި އެވެ. އެ މައްސަލާގައި ޔާމީންގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަނީ އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމައުކޮށްފައެވެ. އަދި ތަހުގީގުގައި ދައުލަތަށް ދޮގު މައުލޫމާތު ދިން މައްސަލަވެސް ބަލާކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ފްރީޒްކޮށްފައެވެ.