English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި އިއްޔެ ހަވީރު ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ރެއާލް މެޑްރިޑް ބަލިވެ ރެއާލްމެޑްރިޑް ލީގުގެ ތިންވަނަ މަގާމަށް ވެއްޓިޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ރެއާލް ބަލިވީ 1-2 އިންނެވެ.މި ނަތީޖާ އާއި އެކު ރެއާލްއަށް ވަނީ އެއްވަނާގައި އޮތް ބާސެލޯނާ އާއި ދެމެދު ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގެއްލި ތާވާލްގެ ތިންވަނައަށް ވެއްޓިފައެވެ.

އިއްޔެގެ މި ނަތީޖާ އާއި އެކު ކުޅުނު 24 މެޗުން 54 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ އެއްވަނައިގައި ބާސެލޯނާ އޮތް އިރު ދެ ވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑްއަށް ލިބިފައިވަނީ 47 ޕޮއިންޓެއެވެ.އަދި މެޗުން ބަލިވި ރެއާލްމެޑްރިޑް އޮތީ 45 ޕޮއިންޓާއެކު ތިންވަނާގައެވެ.

ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސް މެޗަށް ނިކުތް ނަމަވެސް ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފުރަތަމަ ހާފްގައި ފެނިގެން ގޮސްފައިވާއިރު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ވެސް ރެއާލްއިންނެވެ.މި ލަނޑު ކުރޫޒް ދިން ބޯޅައަކުން ރެއާލްއަށް ކާމިޔާބުކޮށްދިނީ ކަސިމީރޯއެވެ.

ދެވަނަ ހާފް ފަށައިގެން ވެސް ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ މެޗުގެ 65 ވަނަ މިނެޓްގައި ކެޕްޓަން ސާޖިއޯ ރާމޯސް ބޯޅާއިގައި އައްލުމުގެ ސަބަބުން ޖިރޯނާއިން ވަނީ ލިބުނު ޕެނެލްޓީއެއްގައި މެޗުގެ ނަތީޖާ ހަމަަމަ ކޮށްފައެވެ.މި ލަނޑު އެ ޓީމަށް ކަމިޔާބުކޮށްދީފައިވަނީ ސްޓުއާނީ އެވެ.އަދި އެ ޓީމް މޮޅުވި ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަންޒަނޭރާއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ސާޖިއޯ ރާމޯސްއަށްވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.މި ރަތް ކާޑާއި އެކު ސާޖިއޯ ރާމޯސް ވެގެން ގޮސްފައިވަނީ ސްޕެނިޝް ލީގުގައި އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުން ތެރިޔާއަށެވެ.