English Edition
Dhivehi Edition

ފުވައްމުލަކު “ރަވާނާ” ނަމަކަށް ކިޔާ ބޯޓެއްގައި އަލިފާން ރޯވެ ބޮޑު ބައެއް އަޑިއަށް ހިނގައްޖެއެވެ. އަލިފާން ރޯވިއިރު ބޯޓުގައި ތިބި 16 މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މާލެއިން ފުރައިގެން ދ.ވާނީ އަށް ދަތުރުކުރަމުން ދިޔަ މި ދަތުރު ކުރަމުން ދިޔަ މި ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަތިހު 4:45 ހާއިރު ރިޕޯޓް ކުރުމުން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބޯޓުގައި އަލިފާން ރޯވެ ބޮޑު ބައެއް އަޑިއަށް ގޮސްފައިވާ ކަމަށާއި އަލިފާން ރޯވިއިރު ބޯޓުގައި ތިބި 16 މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. 16 މީހުން ވެސް ސީ އެމްބިއުލާންސްގައި ދ. މީދޫއަށް ގެންދިއުމުގެ ދަތުރު ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.