English Edition
Dhivehi Edition

ޔޫތް މިނިސްޓްރީ ހިންގުމާ ވަގުތީގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް ހިންގެވުމަށް ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ހަވާލު ކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ޔޫތް މިނިސްޓްރީއާ ވަގުތީގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަވާލުވީ ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފު ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށްފައި ހުންނެވުމުންނެވެ.

މަހްލޫފް ސަސްޕެންޑް ކުރީ އެމްއެމްޕީއާރްސީ ހިޔާތުގެ މައްސަލައިގައި މަހުލޫފުގެ އެކައުންޓަށް ވެސް ލާރެ ވަދެފައި ހުރުމުންނެވެ. މިމައްސަލައާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަހުލޫފް ގޭގައި މަޑުކުރެއްވުމަށް އަންގަވައެވެ.