English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކްހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ޑޭޓްކުރަން ބޭނުންވާ އެކްޓަރގެ ނަން އޭނަގެ ފޭނުންނާ ހިއްސާކޮށްފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރަމްގައި”އާސްކްމީ އަ ކުއެއްޝަން” ޗެޓްސެޝަން އެއްގައި ފޭނަކު ސުހާނާ އާ ސުވާލުކޮށްފައި ވަނީ ޑޭޓް ކުރަންބޭނުންވަނީ ކޮން އެއްކްޓަރަކާތޯ އެވެ. ޖަވާބްގައި ސުހާނާ ވަނީ ސައުތް ކޮރެއަން ލަވަކިޔުންތެރިޔާ، މޮޑެލް އަދި އެކްޓަރ އެއް ކަމަށްވާ ކިމް ޖުން މޭއޮން ގެ ފޮޓޯ އެއް ދައްކާ ލުމަށްފަހު އޭނައާ ކަމަށް ބުނެފައެވެ. ސްޓޭޖް ނަމުން ނަމަ ކިމް ޖުން މަޝްހޫރުވެފައިވަނީ “ސުހޯ” ގެ ނަމުންނެވެ.

އުމުުރުން މިހާރު 18 އަހަަރު ފުރިފައިވާ ސުހާނާ ހާން އަކީ އެތައްބަޔަކު އޭނާފިލްމީ ދާއިރާއިން ދެކެންބޭނުން ވެ އެކަމަށް އިންތިޒާރު ކުރަމުން އަންނަ ކުއްޖެކެވެ. ސުހާނާގެ ބައްޕަ ޝާހު ބުނެފައިވާ ގޮތުގައި އޭނަގެ ދަރިންގެ ކެރިއަރ ކަނޑަ އަޅާނީ އެމީހުން އަމިއްލައަށެވެ. އެހެން ކަމުން އޭނަ ސުހާނާ އާ ކެރިއަރ އާބެހޭގޮތުން ސުވާލުކުރުމުން އޭނާ ބޭނުން ވަނީ އެކްޓް ކުރަން ކަމަށް ބުނެފައިވާ ކަމަށް ޝާހު ވަނީ އިންޓަވިއު ތަކުގައި ބުނެފައެވެ. މީގެ އިތުރުން ޝާހު ބުނެފައިވަނީ ސުހާނާ ކިޔަވާ ނިމުމުން އޭނަ ފިލްމީދާއިރާ އަށް ނެރެން ކުރަންޖެހޭ ހުރިހާކަމެއް ކޮށްދީ އެކަމުގައި ސުހާނާއަށް އެހީވާނެކެމަށެވެ.

ސުހާނާ ހާން ފިލްމީ ދާއިރާ އަށް ނިކުންނާނީ އަދި ތިިން އަހަރު ނޫނީ ދެ އަހަރު ފަހުންކަމަށް މީޑިއާ ރިޕޯރޓް ތައް ބުނެއެވެ. ނަމަވެސް މިހާރުވެސް ސުހާނާ ދަނީ މަޝްހޫރު މެގަޒިންތަކަށް މޮޑެލް ކުރަމުގެ އިތުރުން ކުރުފިލްމް ތަކުގައި މަސައްކަތް ކުރަމުންނެވެ. ލަންޑަންގައި ކިޔަމުން އަންނަ ސުހާނަ ދާދިފަހުން ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފައެވެ.