English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާ އެދެނީ ހުރިހާ އަންހެންވެރިން އޭނަގެ ހަޔާތުގެ ބައިވެރިޔާ ނިކްޖޯނަސް ފަދަ މީހަކު ހޯދުމަށް ކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ ޑިސެމްބަރ މަހު ކުރެވުނު ޕްރިޔަންކާ އާއި ނިކްޖޯނަސް ގެ ކައިވެނި ވެފައިވަނީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުގެ ނޫސްތަކުގެ ފަލަ ސުރުހީ އަށް އެރި އެއް ހަބަރަކަށެވެ. އެއަށްފަހު މިދެތަރިންގެ ހަބަރުތަކަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ.

ދާދިފަހުން ޕްރިޔަންކާ ކުޅުނު ފިލްމެއްކަމަށްވާ “އިޒިންޓް އިޓް ރޮމޭންޓިކް” ގެ ޕްރޮމޯޝަންގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ޕީސީ ބުނެފައިވަނީ “މިގޮތަށް ތިމާ އާދިމާލަށް ބަލާ މީހަކު ހޯދާށެވެ” މިހެންނެވެ. ޕީސީ އިންސްޓަގްރާމް ގައި ދައްކާލި ފޮޓޯ އިން އޭނާ ފޮޓޯ އަށް ހުއްޓިލާފައި ހުރި ވަގުތު އޭނަގެ ފިރިމީހާ ނިކް ޖޯނަސް ހުންނަނީ ޕީސީ އާދިމާލަށް ބަލަހައްޓައިގެންނެވެ.

ރޮމޭންޓިކް އަދި ވަރަށް އުފާވެރި ދިރިއުޅުމެއް ހޭދަކުރަމުން އަންނަ މިދެތަރިން ނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަރަށް ގިިނަމީހުންގެ ސަމާލުކަން ހުއްޓިފައިވާ ދެ ތަރިންނެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް މިދިޔަ ޑިސެމްބަރ އެއްވަނަ ދުވަހު ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެނި ހަފުލާ އޮތީ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ ވެސްޓާން ސްޓައިލަށާއި އިންޑިއަން ސްޓައިލަކަށް ވެސް ކައިވެނި ކޮށްފައެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް އެންމެ ފުރަތަމަ އެކުގައި އާއްމުންގެ ތެރެއަށް ނުކުފައި ވަނީ މެޓް ގާލާ އިވެންޓުންނެވެ.

2000 ވަނަ އަހަރު މިސް ވޯލްޑްގެ ލަގަބު ހޯދި ޕްރިޔަންކާ ވަނީ ބޮލީވުޑުގެ 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ހޮލީވުޑަށް ތައާރަފުވީ، ޓީވީ ސީރީޒް، ކުއަންޓިކޯ އިންނެވެ.