English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު ހޯދަން ރައީސް އޮފީހުން އިއުލާން ކޮށްފިއެވެ.  އީސީއަށް މެމްބަރަކު ހޯދަން އިއުލާން ކުރީ އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އެވެ.

އީސީ އަށް މެމްބަރަކު ހޯދަން ކުރި އިއުލާނުގައި ރައީސް އޮފީހުން ވިދާޅުވީ، އީސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އީސީ ގައި ކޮންމެ މެމްބަރަކަށް ވެސް ދެ ދައުރަށް ކުރިމަތީލެވޭއިރު މިހާރުގެ މެމްބަރަށްވެސް އިތުރު ފަސްއަހަރު ގެ ދައުރަކަށް ކުރިމަތިލެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ މަސައްކަތް ކުރެވޭ ފެންވަރުގެ ތައުލީމާއި ގާބިލްކަން ހުރި، ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކަށެވެ. އަދި މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގެ ދައުރުގެ ތެރޭގައި އިތުރު ވަޒީފާއެއް އަދާ ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިގެން ނުވެއެވެ.