English Edition
Dhivehi Edition

އިއްޔެ އައްޑޫ ސިޓީގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ހަ އަހަރުގެ ކުއްޖާ އެމަޖެންސީގައި މިއަދު މާލެ ގެނެސްފި އެވެ

ހެލިކޮޕްޓަރުގައި އެ ކުއްޖާ އެމަޖެންސީކޮށް މާލެ ގެނެސްފައި ވަނީ ބޮލަށް އަނިޔާވެފައިވާތީ މާލެއިން ފަރުވާ ކުރުމަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އެމްއެންޑީއެފުން ދީފައެއް ނުވެއެވެ

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި އެކްސިޑެންޓު ހިނގީ އެ ކުއްޖާ ހިތަދޫ އައިއެމްޑީސީ ކައިރިން ދުވެފައި ނުކުތް ވަގުތު ސައިކަލެއްގައިޖެހިގެންނެވެ.

ބޮލަށް އަނިޔާވި ކުޑަކުއްޖާގެ އިތުރުން، ހިތަދޫ ހޮސްޕިޓަލުގައި ބޭސް ކުރަމުންދިޔަ، އަވަސް ފަރުވާއަށް ބޭނުންވެފައި އޮތް ކުޑަ ކުއްޖަކު ވެސް ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްފަ އެވެ.