English Edition
Dhivehi Edition

އާދައިގެމަތިންމިދިޔަ ހުކުރު ދުވަހުވެސް ހަވީރު ގަޑީ ގައި ފިނިބުރެއް ޖަހާލުމަށް ނުކުތީމެވެ. މަލެ އާއި ހުޅުލެ ގުޅުވައިދޭ ބުރިޖު ހުރަސް ކުރަމުން ދިޔައިރު ކުރިމަތިން ދުއްވާފައިދާ ގިނަ ސައިކަލް ތަކުގެ ފަހަތު ނަންބޮޑު ތައްވަނީ ބިންދައިގެން ގޮސްފައެވެ. ބައެއް ފަހަރު ތަންކޮޅެއް ދުރުން ފެންންއިރު ހީވަނީ އެއީ ފަހުގެ ނަންބަރު ތައް މިނިސްޓްރީން ދިފައިވާ ގޮތްހެންނެވެ. ބުރިޖްމަތިން ދަތުރުކުރާ އުޅަނދުތަކުގެ ރޯޑުވާދިނަސް ނުވަތަ އިންޝުއަރެންސް ހަމައަށް ހުރިތޯ ބަލާލާނެ ޗެއްކުޕޮއިންޓެއް ވެސް ނެތެވެ.

ހުޅުމާލެ ތެރޭގައި ދުއްވަމުން ދަނިކޮށް ރަހުމަތްތެރިއަކާއި ދިމާވިއެވެ. އެއީ މިދިޔަ އަހަރު ގުރޭޑް 10 ނިންމި ކުއްޖެކެވެ. އަދި އުމުރުން 16 އަހަރުގެ އެ ރަހުމަތްތެރިޔާ ގާތުގައި އަހައިލީމެވެ. ލައިސަންސް އެބައޮތް ތޯއެވެ. އެނާބުންޏެވެ. ނޫން ނެތް… އެހެންނޫނަސް މިހާރު މިކޮޅުގައި ޕޮލިސް ޗެކްޕޮއިން ހަދައިގެން ނުތިބެ… އޭގެން ބަޔަކު ފެންނައިރަށް ޔޫޓާންއެއް ނަގައިގެން އައިކޮޅަށް ނައްޓާލީމަ ނިމުނިނު … މައެކަންޏެއް ނުނޭ ލައިސަންސް ނެތިދުއްވަނީކީ… އެރަހުމަތްތެރިޔާގެ ޖަވާބުން އަހަރެން ހައިރަން ކުރުވިއެވެ. މިޤައުމުގައި ލައިސަންސް ނެތި ދުއްވާ ޒުވާނުން ގިނަކަން ވޭތުވެދިޔަ ދުވަސް ތަކުގައި ހިނގައި ދިޔަ އެކްސިޑެންޓް ތަކަށް ބެލިއަސް ހާމަވެއެވެ. އެހެންކަމުން އެޒުވާނާ އެބުނީ ހަމަތެދެއްކަން ގަބޫލްކުރެވުނެވެ.

މާލެތެރެއާއި ހުޅުމާލެ މިތަންތަނުގައި ދުއްވާ އުޅަނދުފަހަރުތައް ބެލުމަށް މީގެކުރިން ވަރަށްގިނަ އަދަދެއްގެ ފުލުހުން ޗެކްޕޮއިންޓް ހަދައި ތިބޭމަންޒަރު ފެނެއެވެ. އެތައްފަހަރެއްގެ މަތިން އަޅުގަނޑުވެސް ހިފަހައްޓާފައިވެއެވެ. ސަލާމަތް ވަނީ ލައިސަންސް އޮތުމުގެ ސަބަބުންނާއި ދުއްވާސައިކަލްގެ ހުރިހާ އެއްޗެއް ހަމަކަމުނެވެ.

ގަވައިދާ (ލައިސަންސް، އަހަރީފިގެ އިސްޓިކާ ރޮޑުވާދިނަސް އަދި އިންސިއުރެންސް) ހިލާފަށްދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮއްފައިވާ ފަރާތްތައް މަދެއްވެސް ނޫނެވެ. ލައްކައަކާއި ގަތްކުރާ އަދަދައް ޖުރިމަނާ ވެފައިވާ ފަރަތްތައްވެސް މިކުޑަކުޑަ ޤައުމުގައި އެބަތިއްބެވެ.
ލައިސަންސް ނެތި ދުއްވުމުގެސަބަބުން ދައްކަންޖެހޭ ޖުރިމަނާ ފައިސާ
-/750ރ ފުރަތަމަ ފަހަރު
-/1500ރ ދެވަނަފަހަރު
-/2000ރ ތިންވަނަފަހަރު
އެގެފަހުން(ތަކުރާރު ކުރާ ކޮންމެފަހަރަކަށް -/2000 ނަގާނެއެވެ.)
އެގެއިތުރުން ލައިސަންސް އަތުގައި އޮވެ ދުއްވާއިރު ނެތްނަމަވެސް ޖުރިމަނާ ކުރެއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ނަމުނާއާއި ހިލާފަށް ނަންބޯޑު ހެދުމުންނާއި ބޯޑު ބިންދައިގެން ގޮސްފައިވާ އުޅަނދު ދުއްވުމުންވެސް ޖޫރިމަނާކުރައެވެ.

ވިމާ މިކަން ކަމަށް ސަމާލުވެ ދެންވެސް ޖުރިމަނާ ކުރުމުގެ ކުރިން ލައިސަންސް ނަގަން އުޅޭށެވެ. ނޫނީ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވެސް ވެދާނެއެވެ. ދިވެހި ރައްޖޭގެ ފެހި ޤަނޫނުން ތިމާ ކުއްވެރި ނުވަނީސް ވިސްނާށެވެ.