English Edition
Dhivehi Edition

ފޭސްބުކް އިން ހިންގާ ފޭސްބުކް މެސެންޖާއާއި ވަޓްސް އެޕް އަދި އިންސްޓަގްރާމުގެ މެސެޖިން ފީޗާ އެއްކޮށްލަން ނިންމާފައިވާ ކަމަށް ފޭސްބުކް އިން ބުނެފިއެވެ

ފޭސްބުކްގެ ބާނީ މާކް ޒަކަބާގްގެ އިސްނެގުމަކަށް ގެންނަ މި ބަދަލު ފުރިހަމަވެ، ބޭނުން ހިފޭވަރުވާނީ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅުގައިކަމަށް ފޭސްބުކްއިންވަނީ ބުނެފައެވެ.ފޭސްބުކް އިން ބުނެފައިވަނީ މި ބަދަލަކީ އެތައް މިލިއަން މީހުންނާއި ގުޅިފައިވާ ބަދަލެއްކަމަށާއި ތިން އެޕްލިކޭޝަން އިންޓަގްރޭޓު ކުރުމަށް ކުރާ މަސައްކަތަކީ ބުރަ މަސައްކަތަކަށް ވާނޭ ކަމަށެވެ

ފޭސްބުކް އިން ގެންނަން މިއުޅޭ ބަދަލާއެކު ތިން އެޕްލިކޭޝަން މަސައްކަތް ކުރާނީ ވަކިވަކިންނަމަވެސް ފޭސްބުކް މެދުވެރިކޮށް ވަޓްސްއެެޕު ބޭނުންކުރާ މީހަކަށް ފޮނުވަން ބޭނުންވާ މެސެޖު ފޮނުވޭނެއެވެ. ނުވަތަ އެއް އެޕްލިކޭޝަން މެދުވެރިކޮށް އަނެއް އެޕްލިކޭޝަން ބޭނުންކުރާ މީހަކަށް މެސެޖުކޮށް ހެދޭނެއެވެ

މިއީ ދުނެޔޭގެ 2.6 ބިލިއަން މީހުން ބޭނުންކުރަމުންދާ އެންމެ މަގުބޫލު ތިން އެޕްލިކޭޝަން އެއްކޮށް، އެންމެންނަށް އެއްތަނަކުން މެސެޖްކޮށްލަން ލިބޭނެ އެންމެ ބޮޑު ޕްލެޓްފޯމްކަމަށް ފޭސްބުކް އިންވަނީ ބުނެފައެވެ

ޓެގު