English Edition
Dhivehi Edition

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަރުވެފައި އޮތް ޗައިނާގެ ފަތުރުވެރިއަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ، އުމުރުން 36 އަހަރުގެ އެމީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ރޭ 1:03 ގައި ކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

މިއީ މިމަހުގެ ތެރޭގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަރުވި ތިން ވަނަ ފަތުރުވެރިޔާ އެވެ. ޗެކްރިޕަބްލިކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ފިރިހެނަކު އެ ރިސޯޓުގެ މޫސުގައި މަރުވެފައި އޮއްވާ މިމަހުގެ 19 ވަނަ ދުވަހު ފެނިފައިވާ އިރު މިމަހުގެ 16 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި މަރުވީ 66 އަހަރުގެ ކޮރެއާ އަންހެނެކެވެ.