English Edition
Dhivehi Edition

ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް ހުއްޓާނުލާން ނިންމައިފިއެވެ

ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެއާލައިނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމަށާއި ސަރުކާރާ އެއާލައިން އާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ސްރީލަންކަންއިން ނިންމީ ދަތުރުތައް ހުއްޓާ ނުލުމަށްކަމަށެވެ

މީގެ ކުރިން ސްރީލަންކަން އެއާލައިންސް އިން ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގަމަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށެވެ. އޭރު ސްރީލަންކަން އިން ބުނެފައިވަނީ ގަމަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމާފައި ވަނީ އެ އެއާޕޯޓަށް އޮޕަރޭޓް ކުރުމުގައި ދިމާވެފައިވާ ދަތިތަކައް ހައްލެއް ނައުމުން ކަމަށެވެ

ސްރީ ލަންކަން އިން ކޮލޮމްބޯ އާއި އައްޑޫގެ ގަމާ ދެމެދު މިއަދު ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ 01 ޑިސެމްބަރު 2016ގައެވެ.