English Edition
Dhivehi Edition

ކޯލިޝަން ސަރުކާރުގެ އެއް ޕާޓީ، އަދާލަތުން އެ ޕާޓީގެ ޕްރައިމެރީބާއްވަން ނިންމައިފިއެވެ. މިގޮތުން އަދާލަތުން ބާއްވަނީ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީއެވެ. މިމަހު 25 ވާ ހުކުރު ދުވަހު ބާއްވާ މި ޕްރައިމަރީއަކީ އެ ޕާޓީން ބާއްވާ ހަމައެކަނި ޕްރައިމަރީއެވެ.

އަދާލަތުން ދެ ކެންޑިޑޭޓަކު ވާދަކުރައްވާއިރު އެއް ބޭފުޅަކީ ރ. ކިނޮޅަހު ކައުސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ހުސެއިން އާއި އަލީ ޝަރީފް އެވެ. އަދާލަތުން ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންދާއިރު ކޯލިޝަން ގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ އެޕާޓީގެ މަޖިލިސް ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވާއިރު މިހާރު ވަނީ ކޯލިޝަން ސަރުކާރުގެ ތެރޭގައި މައްސަލަ ޖެހިފައެވެ. މިގޮތުން ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީއާއި ޖޭޕީގެ މައްސަލަ ޖެހި ޖޭޕީން ދަނީ އިންތިޙާބުގައި ރައީސް ޔާމީނާއެކުވެސް ރައްޔިތުންގެ މަޖިލިސް އިންތިޙާބުގައި އެއްކޮށް މަސައްކަތް ކުރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޖޭޕީއާއި އެމްޑީޕީ މެދުގައި ހިޔާލު ތަފާތުވެ ރައީސް ޔާމީނާއެކުވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުރުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވެފައި ވަނީ އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފަހަކަށް ފާޑު ވިދާޅުވަމުންނެވެ.