English Edition
Dhivehi Edition

‘ޕެބުލްސް އިން ވެޓްރަންސް ކަޕް 2019’ ގެ ނަމުގައި ހިތަދޫ ޒުވާނުންތަކެއް އިސްނަގައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް މިރޭ ފަށާނެއެވެ.

މަނިކް ބޯޅަ ދަނޑުގައި މިރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހިތަދޫގެ ޓީމްތަކުގެ އިތުރުން މަރަދޫ އަދި ފޭދޫގެ ޓީމް ބައިވެރިވެއެވެ. 37 އަހަރުން މަތީގެ މީހުންނަށް ޙާއްސަކޮށްގެން ބާއްވާ މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ޕެބުލްސް އިން އެވެ.

ޗެމްޕިއަން ޓީމަށް 20000ރ އަދި ރަނަރަޕް ޓީމް އަށް 10000ރ ގެ އިނާމް ކަނޑައެޅިފައިވާ މިމުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ އޭއޯ ނިއުސް އެވެ.

މިމުބާރާތަކީ ފުޓްބޯޅައިގެ ހުނަރު ހުރި ކުޅުންތެރިންގެ ހުނަރު ދައްކާލުމާއި، އެންމެންނަކީވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މިއީ މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ޓެގު