English Edition
Dhivehi Edition

ޕްރީ މެޑިސިންގެ ކޯސްތަކާއި ސެޓްފިކެޓްތައް ގަބޫލުކުރުން ހުއްޓާލަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފި އެވެ

މިއަދުން ފެށިގެން ޑޮކްޓަރު ކަމުގެ ކޯހަށް ޝަރުތު ހަމަ ކުރުމަށްޓަކައި ޖީސީ އޭ ލެވެލްގެ ބަދަލުގައި އެއްއަހަރު ދުވަހަށް ހަދާ ޕްރީ މެޑިސިންގެ ކޯސްތަކާއި ސެޓްފިކެޓްތައް ގަބޫލުކުރުން ހުއްޓާލަން ނިންމީ ބައެއް ގައުމުތަކުގެ ޕްރީ މެޑިސިން ކޯސްތައް ފަރުމާ ކޮށްފައިވާ ގޮތުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށް ފާހަގަ ކުރެވޭތީ ކަމަށްމެޑިކަލް އެންޑް ޑެންޓަލް ކައުންސިލުންވަނީ ބުނެފައެވެ

މިއަދު  ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕްރީ މެޑިސިން ސެޓްފިކެޓްތައް ބަލައިގަތުން މިއަދުން ފެށިގެން ހުއްޓާލިނަމަވެސް މިހާރު ޕްރީ މެޑިސިން ހަދަމުންދާ ފަރާތްތަކާއި މިއަހަރުގެ ޕްރީ މެޑިސިން ޕްރޮގްރާމަކުން ޖާގަ ލިބި، ފައިސާ ދައްކާފައިވާ ފަރާތްތައް އެ އުސޫލުން އިސްތިސްނާވާނެކަމަށެވެ..އަދު ޕްރީ މެޑިސިން ނިންމުމަށް ފަހު މިހާރު ޑޮކްޓަރު ކަން ނުވަތަ ޑެންޓިސްޓް ކަން ހަދަމުންދާ ފަރާތްތަކާއި ޕްރީ މެޑިސިން ނިންމުމަށް ފަހު، މެޑިކަލް ނުވަތަ ޑެންޓަލް ކޮލެޖަކުން މިހާރު ޖާގަ ހޯދަމުންދާ ފަރާތްތައް ވެސް އެ އުސޫލުން އިސްތިސްނާވާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ

. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެއް އަހަރުގެ މުއްދަތަށް ޕްރީ މެޑިސިން ކޯސް ހިންގުމުގައި ނަމުގައި ބައެއް ގައުމުތަކުން ހަ މަސް ދުވަހުގެ މުއްދަތަށް ވެސް އެ ކޯސް ހިންގާކަމަށެވެ .މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ވެހި ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭރުގައި ކުރިއަށް ގެންދިޔަ ޕްރީ މެޑިސިން ކޯސްތަކުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުންގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ގެއްލުންވާކަމަށް ބުނެ ޝަކުވާތައް ލިބިފައިވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ