އަލްހާން ފަހުމީއާއި ޝައިނީ އެއް ދާއިރާއަކަށް ކުރިމަތިލަނީ
10 މަސް ކުރިން
ޝާން މުޙައްމަދު

ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ، ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާން ނިންމައިފިއެވެ.

މިގޮތުން ޝައިނީ މިއަދު ވަނީ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި ކެމްޕެއިން ފައްޓަވައިފިއެވެ. އޭނާ އެ ދާއިރާއަށް ވާދަކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ ޓިކެޓް ޝައިނީއަށް ދީފައެވެ.

Advt

Advertisement

މިއަދު ޝައިނީ ވަނީ ހެންވޭރު އުތުރަށް ނިސްބަތްވާ އޭނާގެ އާއިލާގެ ބައެއް މީހުންނާ ބައްދަލު ކުރައްވައި، ފޮޓޯއަކާއެކު ޓްވީޓެއް ކުރައްވާފައެވެ. ޝައިނީ މަޖިލީހަށް ވާދަ ކުރައްވާކަން ހާމަ ކުރެއްވިޔަސް އޭނާ ވާދަ ކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓްގައި ކަމެއް ހާމައެއް ނުކުރައްވައެވެ.

އޮންލައިން ނޫހެއް ކަމަށްވާ އަވަސްއަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ޝައިނީ ވިދާޅުވީ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމި ބޮޑު ސަބަބަކީ އެ ދާއިރާއަކީ އޭނާ އުޅެ ބޮޑުވި ދާއިރާއަށް ކަމަށްވާތީ ކަމަށެވެ.