English Edition
Dhivehi Edition

އައްޑޫސިޓީގައި 5000 ޓޫރިސްޓް އެނދު ތަރައްގީކޮށް ޓޫރިޒަމް ފުޅާކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދް މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭނު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ޖަޒީރާ ގައުމެއްގައި ތަރައްގީ ހޯދާނެ ހުރިހާގޮތްތައް ރައްޔިތުންނަށް އެނގޭކަމަށާއި އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީކުރުން މުހިންމު ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ކަމަށެވެ.

“އައްޑޫގައި 5000 ގެސްޓް އެނދު ތަރައްގީ ކުރެވޭނީ ހަމައެކަނި ރިސޯޓްތަކުގައެއް ނޫން، ގެސްޓް ހައުސްތަކާއެކު އެހެންވީމާ އަދި އެ އެނދުތަކާއެކު އެހެން ވިޔަފާރިތައްވެސް ފުޅާވެގެން އަންނާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު ގެސްޓްހައުތައް ހިންގާވެރިން އަންގައިދެނީ ޓޫރިޒަމް ވިޔަފާރި ކުރުމަށް ފަޅުރަށެއް ކޮންމެހެން ބޭނުން ނުވާކަމަށެވެ.އޭގެ އެއްހެއްކަކީ އަޅުގަނޑުމެން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކުލެވިގެންވަނީ ހަމައެއްވަސީލަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ ޓޫރިސްޓްމީހާ ރާއްޖެ އަންނަނީ މޫދުތަކާ،ސާފުވަޔާ ރީތި ނަލަމާހައުލެއްގައި އުޅެލުމަށްކަމަށާއި މިހުރިހާ ވަސީލަތެއް އަޅުގަނޑުމެން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެކުލެވޭކަމަށް ރައީސް ނަޝީދް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި 5000 ގެސްޓް އެންދު ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސްނަޝީދް ވިދާޅުވި އިރު މިހާރުވެސް އައްޑޫގައި ތިން ރިސޯޓެއް ހިންގަމުން ގެންދެއެވެ. އަދި މީގެ އިތުރުން އައްޑޫ މީދޫގައި 2015 ވަނަ އަހަރު އިސްމެހެލަ ހެރާގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ފެށި މަޝްރޫއުގެ މަސައްކަތް އަދިވެސް ނިމިފައިނުވެއެވެ. ރައީސްޔާމީންގެ ވެރިކަމުގައި އިސްމެހެލާހެރަ ރިސޯރޓް ތަރައްގީކޮށް ނިންމާ ޑިސެމްބަރ މަހުގެ ފަހުކޮޅު ހުޅުވިގެންދާނެ ކަމަށް ބުނެފައި ވެއެވެ.