English Edition
Dhivehi Edition

އެމްޑީޕީ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަވާ ކެންޑިޑޭޓެއް ކަމަށްވާ ރޮޒެއިނާ އާދަމް (ރޮޒޭ) އަށް ވޯޓު ދޭނެ ކަމުގެ ޔަގީން ކަން އޮތް ގިނަ ބައެއްގެ ރަޖިސްޓްރީ އިމާދު ސާލިޙް ބަދަލުކޮށްފައިވާކަަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިމާދު ދޮގުކޮށްފިއެވެ

ސޯޝަލް މީޑިއާގައި އިމާދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އެކައުންޓް ބޭނުންކޮށްގެން ވޯޓްލާން ތިބި މީހުން ބަދަލުކުރުމަށްފަހު ‘ސްޓަންޓް’ ޖެއްސަން މަސައްކަތްކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑައަމަލެއް ކަމަށެވެ.”ވަޒީފާގެ ބިރުދެއްކުމާއި ކެންޑިޑޭޓުންނަށް ކޯޓުމެދުވެރިކޮށް ބިރު ދެއްކުމަކީ ރޮޒައިނާގެ ފަރާތުން ފެނިފައިވާ ކަންތައްތައް” ރޮޒައިނާ ދައްކާފައިވާ ވާހަކަތަކަށް ރައްދުދެއްވަމުން އިމާދު ވިދާޅުވިއެވެ.މީގެ އިތުރުން އިމާދު ވިދާޅުވީ ޕާޓީތެރޭގައިވާ ބާރުވެރިކަމުގައި ވޯޓުލާތަން ބަދަލުކޮށްފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ

މިހާރުވެސް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ތަމްސީލް ކުރައްވަވަމުން ގެންދަވާ ރޮޒައިނާ ވިދާޅުވީ މީހުންގެ ރަޖިސްޓްރީ ބަދަލު ކުރެވޭނީ ކެންޑިޑޭޓުންނަށް އެކަނިކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ލޮގިން އެއް ދީފައިވާކަމަށެވެ. އަދި  ރޮޒައިނާއަށް ތާއިދުކުރަމުންދާ ގިނަބައެއްގެ ރަޖިސްޓްރީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ ފަދަ ގައުމުތަކަށް ބަދަލުކޮށްފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ތައްޔާރުވަމުން އަންނައިރު މީދޫ ދާއިރާއަށް ވާދަކުރައްވަނީ ހަސަން ޝާހިދު، އިމާދު ސޯލިހް،އަދި ރޮޒައިނާއެވެ