English Edition
Dhivehi Edition

ހަންގަނޑުގެ މައްސަލަތަކަކީ ވަކި އުުމުރަކަށް އޮތް ކަމެއްނޫނެވެ. ކޮންމެ އުމުރެއްގައިވެސް ހަންގަނޑު ކުރަކިވުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ. އެހެން ކަމުން ބޭނުންކުރާ ލޯޝަން އަދި ކްރީމްފަދަ ތަކެއްޗަކީ ވީހާވެސް ކެމިކަލް މަދު އަދި ހަންގަނޑު މޮއިސްޗާކޮށް ދޭ އެއްޗިއްސައް ވުން ވަރަށް މުހިންމެވެ. އަދި ވަކިން ހާއްސަކޮށް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކެއުމުގައި ރަނގަޅު ޑައެޓެއް ގެންގުޅުންވެސް ވަރަށް މުހިންމެވެ. ރަނގަޅު ކާނާ ކެއުމުގެ އިތުރުން ތަރުކާރީ އާއި މޭވާ ބެނުން ކޮށްގެން އަޅުގަނޑު މެންނަށް ކެމިކަލް ފްރީ ހޯމް ރެމެޑީސްތައް ތައްޔާރު ކުރެވިދާނެއެެވެ.

ތިރީގައި މިވަނީ ދޮންފަޅޯ ބޭނުންކޮށްގެން މޫނުގެ ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ތައްޔާރު ކުރެވިދާނެ ރެމެޑީއެކެވެ.

 

ބޭނުންވާތަކެތި:

– ދޮންފަޅޯ ކޮށާފައި

-1 ސައިސަމްސާ ކެލާ

-1 ސައިސަމްސާ މާމުއި

ތައްޔާރުކުރަނެގޮތް:

ކޮށާފައިވާ ދޮންފަޅޮލުގެ ތެރެއަށް ކެލާ އަދި މާމުއި އެޅުމަށްފަހު މިކްސަރުން ފުނޑާލާފައި ޕޭސްޓް ތައްޔާރު ކޮށްލާށެވެ. ދެން މޫނުގައި އާއި ކަރުގައި ރަނގަޅަށް މި ޕޭސްޓް އުނގުޅުމަށްފަހު 20 މިނިޓެވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. މި މާސްކް ހަފްތާ އަކު އެއްދުވަހު ބޭނުން ކޮށްލުން ރަނގަޅެވެ.

ނޯޓް: ފަޅޮލަކީ އޭގައި “ޕަޕާއިން” ކިޔާ އެންޒައިމް އެއް އެކުލެވޭ ފުރުޓެކެވެ އެހެންކަމުން ފަޅޮލުން ހަނގަނޑުގައި މަރުވެފައި ހުންނަ ހަންތައް ނައްތާލަދިނުމަށް އެހީވެދެއެވެ. ކެލައިން ހަންގަޑުގައި ހުންނަ ތެޔޮ ނައްތާލަދީ ލަކުނު ފިލުވާލަދިނުމުގެ އިތުރުން ހަންގަނޑު މަޑު ކޮށްދެއެވެ. މާމުޔަކީ ހަންގަނޑު ތާޒާކޮށްދީ ޒުވާންކަން ގެނައުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ.