English Edition
Dhivehi Edition

މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ދެނެގަތުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ދަތުރުގައި، ޓޫރިޒަމް ފުޅާކުރުމުގައި ރަށްރަށުގައި ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓަރ ދެކުނުގެ އަތޮޅުތަކަށް އަންނަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ކުރައްވާ މި ދަތުރުގައި މޯލްޑވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވާނެ އެވެ.