English Edition
Dhivehi Edition

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވާތީ ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންވުމަށް އިލްތިމާސްކޮށްފިއެވެ.

ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓްގެ ފޭސްބުކްޕޭޖްގައި ބުނެފައިވާ ގޮތުން ޗުއްޓީ ދުވަސްވަރާ ދިމާކޮށް އެއަރޕޯޓް ބިޒީ ވަމުންދާތީ ދަތުރުވެރިން ފުރުމުގެ 3 ގަޑި އިރުކުރިން ޗެކިންވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އެއަރޕޯޓް އިން 3 ގަޑިއިރުކުރިން ޗެކިންވުމަށް އިލްތިމާސްކޮށްފައިވާއިރު އެފަރާތުން ބުނެފައިވަނީ ޗެކިންވާން ދީފައިވާ ގަޑިއަށް ޗެކިން ނުވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމުގެ މައްސަލަތައް ދިމާވެދާނެކަމަށެވެ.

މިއަހަރުވެސް ޗުއްޓީ އާދިމާކޮށް ދިވެހިރާއްއޖޭގެ މައި އެއަރޕޯރޓް ވަނީ ފުރިބާރުވެފައެވެ. ރާއްޖޭންބޭރުގެ މަހުޖަނުންނާއި އެކިއެކި ގައުމުތަކުން ޗުއްޓީހޭދަކުރުމަށް އެތައްބަޔަކު މިއަހަރު ރާއްޖެއައިސްފައިވެއެވެ.