English Edition
Dhivehi Edition
ފޮޓޯ: އެޑިޝަން އެމްވީ

ޖަލުގައި ހުއްނަވަނިކޮށް ބޮޑެތި ސިއްޙީ މައްސަލަތަކާއި ކުރިމަތިވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އަށް އާފްޓަރ ކެއާރ އަދި ރިކަވރީއަށް ހަހަފްތާ ނޫނީ އަށް ހަފްތާ ބޭނުންވާ ކަމަށް ނަޝްވާ ބުނެފިއެވެ.

33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ބޭސްފަރުވާ އަށްފަހު ގޭބަންދުގައި ހުއްޓާ ޖަލަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ.

އަދީބްގެ އަނބިކަނބަލުން ނަޝްވާ މިއަދު ކުރެއްވިޓްވީޓެއްގައި ވިދާޅުވީ އަދީބްގެ ސާޖަރީ ހަދާފައިވަނީ 19 ނޮވެމްބަރ 2018 ގައި ކަމަށެވެ. އަދި ޑިސްޗާޖް ކޮށްފައިވަނީ ނޮވެމްބަރ 27 ވަނަދުވަހުކަމަށެވެ. ސާޖަރީހެދުމަށްފަހު އާފްޓަރ ކެއާ އަދި ރިކަވަރީއަށް އަދީބަށް ސްޓްރެސް ފްރީ މާހައުލެއް އަދި ފެމިލީ ކެއަރ ގައި ބެހެއްޓުމަށް ޑޮކްޓަރ ލަފާދީފައިވަނީ 8-6 ހަފްތާ އަށް ކަމަށާއި އަތުގައި ޑޮކިއުމެންޓް އެބަހުރިކަމަށް އެޓްވީޓްގައި ނަޝްވާ ވިދާޅުވިއެވެ.

ނަޝްވާގެ މި ޓްވީޓަށް ހޯމްމިނިސްޓަރ އިމްރާން އަބްދުއްﷲ ރައްދު ދެއްވަމުން ވިދާޅުވީ، ކުރީގެ ވީޕީ އަދީބް ދެމަހަށް “ހޯމްލީ އެންވައިރޮންމެންޓް” އެއްގައި ބަހައްޓަން ޑޮކްޓަރ ލަފާދެއްވީ 24/10/18 ގަ ކަމަށެވެ. އަދި 24/12/18 އިގެ ފަހުން އެގޮތަށް ލަފާނުދެއްވާ ކަމަށެވެ.

މީގެ އިރުތުން ހޯމްމިނިސްޓަރ ގެ ޓްވީޓްގައި ވިދާޅުވީ، ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެކަންކަން ބަލަހައްޓާނެ ކަމަށާއި އެއްވެސް މީހެއްގެ އަސާސީ އިންސާނީ ހައްގު ގާނޫނާއި ހިލާފަށް މިސަރުކާރުން ނުހިފަހައްޓާނެ ކަމަށެވެ.

އަދީބްގެ ބަންދުގެ މުއްދަތުހަމަވަނީ ޖެނުއަރީ 27 ވަނަ ދުވަހަށް ކަމަށް ބުނެ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިންވެސް ވަނީ އެކަން ހަރުކަށި އިބަރާތުން ކުއްވެރި ކުރާކަމަށް ބުނެފައެވެ. އެމްޓީޑީން އެހެން ބުނި ނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަދީބު ގެއަށް ބަދަލުކުރީ ޑިސެމްބަރު މަހުގެ 27 އާއި ހަމައަށް ކަމަށެވެ.