English Edition
Dhivehi Edition

ބަނގުރާ ފުޅިތަކަކާއި އެކު ހުޅުމާލެއިން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.ފުލުހުން މިއަދު ވިދާޅުވީ އެ މުއައްސަސާއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާފުޅި ތަކަކާއެކު 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

“ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި، ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުންނާއި އަދި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމަހު 21 ވަނަ ދުވަހުގެ 12:55 ހާއިރު ހިންގި މިއޮޕަރޭޝަންގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިމީހާ ދުއްވަމުންދިޔަ ކާރު ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 33 ފުޅި ފެނިފައިވާ ކަމަށެވެ.