English Edition
Dhivehi Edition

މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވި ކުއްޖާ މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އާއިލާއިން ބުނެފިއެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އެކުއްޖާގެ ކަރުގެ ކަށިގަނޑު ބިނދިފައިވާވުމުގެ އުތރުން ދެފައިވެސް ވަނީ ބިންދައިގެން ގޮސްފައެވެ. ކުއްޖާގެ ހާލަތު އެނގޭ މީހަކު ކިޔައިދިންގޮތުގައި އެކުއްޖާ ގެ ލޭނާރެއް ބުރިވެފައި ވުމުގެ އިތުރުންއެކުއްޖާ އަށްވަނީ ދެފަހަރު ހާޓްއެޓޭކް ވެސް ޖެހިފައެވެ.

އިއްޔެ ހޮސްޕިޓަލަށް ގެންދިޔުމާއެކު އެކުއްޖާގެ ބޮޑު އޮޕްރޭޝަނެއްކޮށްފައި އޭގެފަހުން ރޭގެ ވަގުތެއްގައިވެސް ވަނީ އިތުރު އޮޕްރޭޝަނެއް ކޮށްފައެވެ. ނަމަވެސް އެކުއްޖާގެ ހާލު އަދިވެސް ސީރިއަސް ވުމާގުޅިގެން އާއިލާއިން އެދެނީ ހެޔޮދުއާ ކޮށްދިނުމަށެވެ.

ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެކުއްޖާގެ މަންމަ އަކީ ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރެކެވެ. ކުއްޖާ މާލެ އައިސް އުޅުނީ ޗުއްޓީއަކަށެވެ.

އެ ހާދިސާއާ ގުޅިގެން، އިމާރާތުގައި މަސައްކަތް ކުރަމުން އަންނަ ޑަބްލިޔު ކޮންސްޓްރަކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާގެ ބޭހުގެ ހުރިހާ ހަރަދެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާ މެދު ކުންފުނިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.