English Edition
Dhivehi Edition

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުގެ ފަރާތުން 2018 ވަނަ އަހަރު ޗައިނާއަށް ދާ ވިންޓާރ ކޭމްޕް ޑެލިގޭޝަނާ، ޗައިނާ ސަފީރު ބައްދަލުކުރައްވަވައިފިއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މރ. ޖާންގް ލީޖޮންގް ވަނީ ސީއެމްސީއޭގެ ޑެލިގޭޝަނާއެކު މިއަދު ހެނދުނު ޗައިނާ އެމްބަސީގައި ބައްދަލުކުރައްވަވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދުގައިވާ ގުޅުމާއި ޗައިނާ ބެލްޓް ރޫޓް އަކީ ކޮބައިކަން ދަރިވަރުންނަށް އޮޅުންފިލުވައިދެއްވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ ވިދާޅުވީ ދެގައުމުގެ ސަގާފަތާއި އާދަކާދަ ބަދަލުކޮށް ދެގައުމުގެ މީހުންގެ ދެމެދުގައި ދޭދޭ ގުޅުން އިތުރުކުރުމަށް އެމްބަސީން އަބަދުވެސް މަސައްކަތް ކުރައްވަވާ ކަަމަށެވެ. އެގޮތުން ސީއެމްސީއޭއިން އިސްނަގައިގެން މިފަދަ އެކްސްޗޭންޖް ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމީ ވަރަށް އުފާފުޅު ކުރައްވަވާ ކަމެއް ކަމަށް އެމްބެސެޑަރ ވިދާޅުވިއެވެ.

އެމްބެސެޑަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ޒުވާނުންނަށް މިފަދަ ގިނަ ފުރުސަތުތައް ލިބޭނެ ގޮތް ފަހިވެގެން ދިއުމަކީ އުއްމީދެއް ކަމަށާއި އެކަމަށް މަސައްކަތް ކުރައްވަވާނެ ކަމަށެވެ.

ދާދި ފަހުން ސީއެމްސީ އާއި ޗައިނާ އެމްބަސީ އާއި ގުޅިގެން އައްޑޫސިޓީގައި ބޭއްވި “މައިސްޓޯރީ ވިތް ޗައިނާ” ފޯރަމް ގައި ވެސް އެބެސެޑަރ ޖާންގް ވަނީ ޒުވާނުންނަށް ބޭނުންވާ ތަފާތު އެކިރޮނގުތަކުން ތަމްރީނު ޕްރޮގްރާމު ތައް ލިބޭނެ ގޮތް މަގުފަހިކޮށްދެއްވަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ސީއެމްސީއޭއިން ކުރައްވަވާ މަސައްކަތަށް އެމްބަސީގެ ފުރިހަމަ އެހީތެރިކަން ލިބިގެން ދާނެ ކަމަށް އެމްބެސެޑަރ ޖާންގް ވިދާޅުވިއެވެ.

ސީއެމްސީ އިން ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލެވޭ ދަރިވަރުންގެ ޔޫތް ޑެލިގޭޝަނެއް ޗައިނާއަށް ފޮނުވައެވެ. އެގޮތުން މިފަހަރުގެ ޑެލިގޭޝަނުގައި ބައިވެރިން ހޮވާފައިވަނީ އައްޑޫސިޓީ، ތިނަދޫ އަދި ކުޅުދުއްފުށިންނެވެ. މި ޑެލިގޭޝަން ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 14 ވަނަ ދުވަހުގައެވެ. ޗ