English Edition
Dhivehi Edition
ސ.ހިތަދޫ / އަސަރީގެއާގެ, ޢަބްދުالله އިބްރާހީމް-- ފޮޓޯ: ޕޮލިސް ލައިފް

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުންގެ އޮފިޝަލް ވެބްސައިޓްގައި ވިދާޅުވީ، މިމައްސަލަ އާ ގުޅިގެން ހޯދަމުންދަނީ، ސ.ހިތަދޫ / އަސަރީގެއާގެ ޢަބްދުالله އިބްރާހީމް (36އ) އެވެ.

ޢަބްދުالله އިބްރާހީމް އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.