English Edition
Dhivehi Edition

ކޮލަމްބޯ ސުވިމިން އެކަޑަމީގެ ފަރާތުން ބާއްވާ ފެތުމުގެ މުބާރާތެއްގައި ބައިވެރިވުމަށް ސުވިމް އައްޑޫގެ 21 ދަރިވަރަކު ލަންކާއަށް ހިނގައްޖެއެވެ.

ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ކޮލަމްބޯގެ ޕެނެޑޯރާ ގައި ބާއްވާ މި “އަކުއާ ގާލާ 2018” ގައި ސުވިމް އައްޑޫގެ ދަރިވަރުން 4 އުމުރުފުރާއަކުން ބައިވެރިވެއެވެ. އެއީ 16 އަހަރުން ދަށް، 14 އަހަރުން ދަަށް، 12 އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ ބައެވެ.

ސުވިމް އައްޑޫގެ އޮފިޝަލުން ނާއެކު މި ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އައްޑޫން ފުރީ ޑިސެމްބަރ 10 ވަނަ ދުވަހުގައެވެ.

މިއީ ސުވިމް އައްޑޫގެ ފަރާތުން މިފަދަ މުބާރާތެއްގައި ދަރިވަރުން ބައިވެރި ކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ޕްރެކްޓިސް ކުރިއަށް ގެންގޮސްފައިވަނީ މޫދުގައި ނަމަވެސް މުބާރާތަށް ޚާއްޞަކޮށްގެން ޕޫލް ޕްރެކްޓިސް ވެސް ދަރިވަރުންނަށް ވަނީ ދީފައެވެ.

ސުވިމް އައްޑޫ އަކީ އައްޑޫގައި ސުވިމިން އާ ގުޅޭ ތަފާތު ގިނަ ޕްރޮގްރާމުތައް ހިންގައި ދަރިވަރުން ތަމްރީނު ކުރުމުގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން މޫދުގެ ކަސްރަތު ދަސްކޮށްދިނުން ފަދަ ގިނަ ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ އަމިއްލަ ޖަމިއްޔާއެކެވެ.