English Edition
Dhivehi Edition

ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި 8 ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ބޭރުޤައުމުތަކަށް ރާއްޖެއިން ސަފީރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިދަންނަވާ ބޭފުޅުންނެވެ.

1. ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް
އަލްފާޟިލް ޙަސަން ޞާބިރު، ގ.ފިޔާތޮށިގެ
2. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ، ހ.ދޫރިހާ
3. ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދަފްތަރު ނަންބަރު 4336
4. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އަލްފާޟިލް އަޙްމަދު ލަޠީފް، ހ.ސީވީޑް
5. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް، ހ.އަމީނީގެ
6. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އަލްފާޟިލާ ތިލްމީޛާ ޙުސައިން، މ.ނޫހިރި
7. މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އަލްފާޟިލާ ވިސާމް ޢަލީ، ހ.އާޒާދެވާދީ
8. ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ހ.ހިކިފިނިފެންމާގެ

އަށް ބޭފުޅުންގެ ތެރެއިން ބްރަސަލްސްގެ ސަފީރަކަށް އައްޔަން ކުރައްވާ ސޯބިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ސިންގަޕޫރުގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމެވި ޑރ. މައުސޫމަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޖަރުމަނުގެ ސަފީރަކަށް އައްޔަން ކުރައްވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ) އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބެ އަހުމަދު ލަތީފެވެ. ލަތީފަކީ، ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.