English Edition
Dhivehi Edition

ވާވޭގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު، ވާވޭ މޭޓް20 އަދި 20 ޕްރޯގެ ޕްރީ އޯޑަރަށް ހުޅުވާލައިފިކަމަށް ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދޭ އެންމެ ބޮޑޫ ކުންފުނި، ދިރާގުން ބުނެފިއެވެ .

ދިރާގު މެދުވެރިކޮށް ފޯނު ގަންނަ ފަރާތްތަކަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ޑޭޓާ ލިބޭިއިރު، ޕްރީ އޯޑަރު ނަގާނީ ލިމިޓެޑުކޮށް، ފަސްޓް ކަމް ފަސްޓް ސާވް ބޭސިސް އިން ކަމަށް އެކުންފުނިން ބުނެއެވެ .

ދިރާގުން ބުނި ގޮތުގައި އެ ދެ ފޯނަށް މިއަދުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ބަލައިގަންނާނެ އެވެ.  އަދި މި ފޯނަށް ފައިސާ ދެއްކުމަށް ގިނަ ގޮތްތަކެއް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މަގުފަހިކޮށްދީފަ އެވެ.

ވާވޭ މޭޓްް 20، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަހަކަށް ދައްކަންޖެހެނީ 988 ރުފިޔާ އެވެ.

ދިރާގު ޕޯސްޓުޕެއިޑް ކަސްޓަމަރުން މޭޓް 20 ޕްރޯ، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަންތްލީ އިންސްޓޯލްމެންޓުގެ ގޮތުގައި 1148 ރުފިޔާއެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ޕްރީ އޯޑަރު ދީގެން ފޯނު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މޭޓް 20 އަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 10،999 ރުފިޔާ އަދި މެޓް 20 ޕްރޯ އަށް 15،999 ރުފިޔާ ދައްކަން ޖެހެއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރަށް ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި ފްލިޕް ކަވަރެއް އަދި މެޓް 20 ޕްރޯ ގަންނަ ކަސްޓަމަރުންނަށް ފްލިޕް ކަވަރާއެކު ވަޔަލަސް ޗާޖަރެއް ދޭނެ ކަމަށެވެ. މި ހަދިޔާތައް ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް ދިރާގުން ބުނެއެވެ.

ވާވޭ މޭޓް 20 ސީރީޒްގައި ދުނިޔޭގެ އެންމެ ފުރަތަމަ 7އެންއެމް މޮބައިލް އޭއައި ޗިޕްސެޓް ހިމަނާފައިވާއިރު މި ފޯނުގައި އަލްޓްރާ ވައިޑް ތިން ކެމެރާ ލެންސް ހިމެނެއެވެ. އަލަށް ތައާރަފްކުރި ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ އަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑު ސްކްރީނަކާ އެކު ޑިޒައިން ކޮށްފައިވާ ފޯނެކެވެ.

ޓެގު