English Edition
Dhivehi Edition

އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ  ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް މިހާތަނަށް އެ ދެ ތަރިން ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު އެ ދެތަރިންވެސް އެމީހުންގެ ގުޅުން ސިއްރުކުރުމަށް މަސައްކަތްކުރާ ތަނެއް ނުފެނެއެވެ، ދެ ތަރިން އެކުގައި ދަތުރުކުރުމާއި ބޭރުތެރޭގައި އުޅުމަކީ މިހާރު ވަރަށް ގިނައިން ފެންނަމުންދާ މަންޒަރަކެވެ.

އަރްޖުން އަށްވުރެ އެތައް އަހަރެއް ބޮޑު އަންހެނަކާއި އޭނާ ލޯބީގެ ގޮތުން ގުޅުމުން ގިނަ ބަޔަކުވަނީ އަރްޖުން އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް އަރްޖުން އާއި އޭނާގެ އާއިލާގެ ފަރާތުން މިކަމާއި ގުޅޭ ގޮތުން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

އަރްޖުން އާއި މަލައިކާގެ ގުޅުމާއި ބެހޭ ގޮތުން އަނިލް ކަޕޫރް އާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އަރްޖުން އުފާވާ ކޮންމެ ކަމެއް ކުރުމުގެ ބާރު އޭނާއަށް ލިބިގެންވާ ކަމަށެވެ. “އަހަންނަށް އަރްޖުން ވަރަށް ރަނގަޅަށް އެނގޭ. އޭނާ އުފާވާ ކޮންމެ ކަމަކީ އަހަރެންވެސް އުފާކުރާ ކަންކަން.އެއީ އޭނާގެ އަމިއްލަ ދިރިއުޅުން. އަހަރެން ބޭނުމެއް ނޫން އެކަމާ ބެހޭ ގޮތުން ވާހަކަދައްކަން”އަރްޖުންގެ ބޮޑުބޭބެ އަނިލްވަނީ ބުނެފައެވެ.

މަލައިކާ އާއި އަރްޖުން އަންނަ އަހަރު ކައިވެނިކުރަން އުޅޭކަމުގެ ހަބަރުތައް ފެތުރިފައިވާއިރު އެމީހުން ދިރިއުޅުމަށްޓަކައި އެޕާޓްމެންޓެއް ގަނެފައިވާކަމުގެ ހަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ

މަލައިކާ ކުރިން ކައިވެނިކޮށްފައިވަނީ މަޝްހޫރު ފިލްމީތަރި ސަލްމާންހާންގެ ކޮއްކޮ އަރްބާޒް ހާން އާއެވެ. އެކައިވެނި 2017 ވަނަ އަހަރު ރޫޅިފައިވާއިރު އެކައިވެންޏަށް މަލައިކާއަށްވަނީ ދެކުދިން ލިބިފައެވެ.