

'އޭއޯ ނިއުސް'ގެ ސީއީއޯ ޝިމްލާ އަހްމަދު އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ
މިއަދު ޝިމްލާ އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު މީގެ ކުރިން ޝިމްލާ އަކީ އެއްވެސް ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަނބަލެއް ނޫނެވެ.
ޝިމްލާއަކީ މިހާރުވެސް އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅޭ ގިނަ ކަންކަމުގައި ބައިވެރިވެ، ގިނަ ޖަމިއްޔާތަކެއްގައި މަސައްކަތްކުރަމުން އަންނަ ކަނބަލެކެވެ. މި ގޮތުން ޗައިނާ މޯލްޑިވްސްގެ ކަލްޗަރަލް އެސޯސިއޭޝަންގެ ސައުތު ކޯޑިނޭޓަރ ގެ މަގާމާއި އައްޑޫ ވިމެންސް އެސޯސިއޭޝަންގެ މެމްބަރެއްގެ ގޮތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޝިމްލާއަކީ ސައުތު އޭޝިއަން ވިމެންސް ނެޓްވޯކްގެ މެމްބަރެއްގެ އިތުރުން ލިޔުންތެރިކަމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ
އައްޑޫގައި އެންމެ ފުރަތަމަ ނޫހެއް ރަޖިސްޓްރީކޮށް ހިންގުމުގެ އިތުރުން ޝިމްލާވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ބަޔަކު ތަމްރީނުކޮށް މި ދާއިރާއަށް ނެރެދީފައެވެ.