English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ހަަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ދިރާސާ ކުރައްވާ ކޮމިޓީގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ ރައީސް ޔާމީން އެންމެ ފަހު ދުވަހު އެމަނިކުފާނުގެ މާލީ ބަޔާން އޮޑިޓް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ

މިދިޔަ އޮކްޓޫބަރު މަހު އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، އޭސީސީއަށްފޮނުއްވި ސިޓީއެއްގައި ވަނީ ރައީސްގެ މާލީ ބަޔާން 2013 ގެ ފަހުން ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރިޔާސީ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮޑިޓާ ޖެނެރަލް ވަނީ ރައީސް ޔާމީނަށް ދެއްވާފައިވާ ކަމަށެވެ. މުއާޒް މިހެން ވިދާޅުވި ނަމަވެސް އޭރު ޒިޔަތު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަން ޖެހޭ މާލީ ބަޔާން ރައީސް އަބްދުﷲ ޔާމީން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވި ނަމަވެސް އޮޑިޓް އޮފީހުން އެމަނިކުފާނުގެ މައްޗަށް ފިޔަވަޅެއް ނޭޅީ، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ތުހުމަތުކޮށް އޭސީސީއަށް އަމިއްލަ ފަރާތަކުންވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި އެ މައްސަލަ ބަލައި ނިންމައި އެ ކޮމިޝަނުން އެ ފަރާތަށް ފޮނުވި ލިޔުމުގައި ބުނީ، މާލީ ބަޔާން ހުށަނާޅައިގެން އެޅޭނެ ފިޔަވަޅެއް އެއްވެސް ގާނޫނެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ