English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލި މައްސަލާގައި 11 މީހުން ހައްޔަރުކޮށް އޭގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީި އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރި ހަތް ފިރިހެނުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. އަދި ދެ މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވަނީ ބުނެފައެވެ

އެ މައްސަލާގެ ތުހުމަތަށް އިތުރު ހަތަރު މީހަކު މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝް ފިރިހެނަކާއި ދިވެހި ތިން ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމާނީ މާދަމާ އެވެ

މިދިޔަ ހޮނިހިރު ދުވަހުގެ ބޭންކުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ތިޖޫރިތަކެއް ފަޅާލައިގެން ނަގާފައިވާ ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ފުލުހުންވަނީ ހޯދާފައެވެ. މި ފައިސާތައް ފެނިފައިވަނީ މީހުން ދިރިނޫޅޭ ގެއެއްގެ ދޮންނަ މެޝިންތެރެއިންނެވެ

.