English Edition
Dhivehi Edition

މިއަދު ވެރިކަމުގެ ހުވާކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ގެ ވެރިކަމުގެ އާ ދައުރާއެކު ރާއްޖޭގެ ގިނަ ރައްޔިތުންނަށް ލިބިގެންދިޔައީ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

ހާއްސަކޮށް އައްޑޫ ސިޓީ ރައްޔަތުންނަށް ‘އާ ސަރުކާރާ’ އެކު ލިބިގެންދިޔަ އުފަލާއި ހިތްހަމަޖެހުން ވަރަށް ބޮޑެވެ.ހުރިހާ ސަރުކާރަކުންވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ އައްޑޫ އިން އިބޫގެ ކެމްޕެއިން ފެށިގެން ދިއުމާއެކު ކެމްޕެއިން ނިންމާލީވެސް އައްޑޫ އިންނެވެ. އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ރައްޔަތުން ތިބީ އާ ސަރުކާރާއެކު އައްޑޫ އޮތް ނިކަމެތިކަމާއި ‘ބާކީ’ ވުމުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް އާ ސަރުކާރުގެ ކެބިނެޓާއެކު އައްޑޫ ރައްޔަތުންނަށް އަނެއްކާވެސް ލިބިގެން ދިޔައީ ބޮޑު މާޔޫސްކަމެކެވެ.

އާ ކެބިނެޓް ހުވާކުރުމާއެކު އައްޑޫ ރައްުޔަތުންގެ ‘ރުޅި’ އާ ސަރުކާރުގެ ކެބިނެޓަށް އަމާޒުވެގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކެބިނެޓްގައި އައްޑޫއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނެތް އިރު ޖަލު ހުކުމެއްގައި ހުންނެވި ޝެއިޙް އިމްރާން އާއި ޖޭޕީ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ހިމެނިގެން ދިއުންވެގެން ދިޔައީ އައްޑޫ ރައްޔަތުންނަށް ބަލައިގަންނަން ފަސޭހަވި ކަމެއް ކަމުގައ ނުވިއެވެ.

އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އާ ކެބިނެޓަށް ދަނީ ފާޑުކިޔަމުންނެވެ. އައްޑޫ އަކީ ގާބިލް ތައުލީމީ އެތައް ބައެއް ތިބި ސިޓީއަކަށްވާއިރު މި ސިޓީ ގެ ބޭފުޅަކު ކެބިނެޓްގައި ހިމެނިފައި ނެތުމަކީ އައްޑޫއަށް ކޮށްލި ‘ޖެއްސުމެއް’ކަމުގައި ގިނަ ބަޔަކުދަނީ ބުނަމުންނެވެ. “ކޮންމެ ބަޔަކުވެސް ވޯޓު ހޯދަންވީމަ އައްޑޫ ފެންނާނީ.އައްޑޫ ރައްޔަތުން ހަމައެކަނި ވެރިކަން ބަދަލުކުރަން ބޭނުންކުރާ ‘ޓޫލް’އަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން”އެމްޑީޕީގެ ސަޕޯޓަރަކު ފޭސްބުކްގައި ބުނެފައިވެއެވެ. މީގެ އިތުރުން ބައެއްް މީހުންވަނީ މިނިސްޓަރުކަމަށް ކުފޫ ހަމަވާ މީހުން އައްޑޫގައި ނެތީތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ

މީގެ އިތުރުން މިހާރު ޖަލުގައި ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ހައްގުގައިވެސް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އައްޑޫއަށް ނިސްބަތްވާ މި ދެބޭފުޅުން އަދިވެސް ޖަލު ގައި ތިއްބެވި އިރު ސިޔާސީ ކުށްވެރިވަނީ ޖަލުން މިނިވަންކޮށްފައެވެ

އައްޑޫގެ ރައްޔަތުން އުއްމީދުކޮށްގެން ތިބިފަދަ ކެބިނެޓެއް މި ސަރުކާރުން ފެނިގެން ގޮސްފައިނުވާއިރު މި ސަރުކާރުގެ ކެބިނެޓަށް ގިނަ ބަޔަކުވަނީ ފާޑު ކިޔާފައެވެ. މި ގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގާސިމް ގެ ‘ބާރު’ގެ ދަށަށް ގެންދިއުމުން ގިނަ ބަޔަކުވަނީ ފާޑު ކިޔާފައެވެ..

4 ކޮމެންޓް
ޙީތު
ނޮވެމްބަރު 18, 2018
މިއީ ހުސް ހާލި. އަދި މިހިނގަނީ ވެރިކަން ފެށިގެން 24 ގަޑި ވޭލެ ހަމަނިވެގެން. ތެހެއި އަވަހަށް ޖަޖް ނިކެރަ. އަދި ކުރިއަށް އޮތް މިޅި ފަސް އަހަރަކީ އަފިރިން އައްޑޫ މީހުންގެ ފަސް އަހަރަ. މީ އަފިރިންގެ ސަރުކާރަ.
އެއްމެން
ނޮވެމްބަރު 18, 2018
Adduans are actually very happy. Because Anni has open an office in Addu and he is going to live in Addu for the next 5 years.
Zeena zayan
ނޮވެމްބަރު 17, 2018
Hahaha ginain vote dheythi adhivess.thiyoyhee molhu goivvefa.
Ibrahim abdul samad
ނޮވެމްބަރު 17, 2018
Adduana thinks they are important people and all the governments ee had from.sultan to last president what we want from you is just always be part of opposition always and thats in your blood. You guys are separatists and thats why MDP uses you guys as if you have a say... Thank you nasheed and your wisdom is playing out and keep ibu as a house slave of yours and imran qasim and maumoon as your field slaves