English Edition
Dhivehi Edition

ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ އެންމެ ފަހު ދުވަސް ނިމި އާ ސަރުކާރާ ގައުމު ހަވާލުވުމަށްފަހު އެންމެ ފުރަތަމަ 100 ދުވަހު އައްޑޫސިޓީގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ ތަރައްޤީއަށް ގިނަކަންތައްތަކެއް އާ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ސަތޭކަ ދުވަހަށް އަމާޒުކުރެވޭ ބޮޑެތި ކަންތައްތައްވެސް ހިމެނެއެވެ. އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، އައްޑޫގައި ބޯހިޔާވަހިކަމާއި އިޤްތިސާދީ މަސައްކަތް ހިންގުމަށް ބިން ހިއްކަން ފެށުމާއި، ދައުލަތުގެ ބޭނުންތަކަށް ނެގި ގޯތިތައް ހަވާލުކުރުމާއި، އަލަށް ގޯތި ދިނުމަށް މަގު ފަހިކޮށްދިނުމާއި، ހަވާލު ނުކުރެވި ހުރި ފްލެޓްތައް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހައްގު ފަރާތަކަށް ހަވާލު ކުރުން ހިމެނެއެވެ.

އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފެށުމުގެ މައި މަޝްރޫއު ފެށުމާއި، މަގުތައް ސާފުކުރުމާއި މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމާއި، ޓާރޝަރީ ހަސްފަތާލުގެ ޚިދުމަތް ފެށުމާއި، ސިއްހީ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، އައްޑޫގައި އާ ޕްރައިވެޓް ހޮސްޕިޓަލެއްގެ މަޝްރޫއު ފެއްޓުން ހިމެނެއެވެ.

ހިތަދޫ އެޅަދީދީ މަގާއި އައްޑޫ ލިންކްރޯޑް ރީ ސަރފޭސް ކުރުމާއި، މަރަދޫ އިން ފެށިގެން ގަމާ ހަމައަށް ބޮޑުމަގު މަރާމާތު ކުރުމާއި، އައްޑޫގެ ބަނދަރުތަކުގެ ހަލާކުވެފައިވާ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ. މީގެ އިތުރުން މަސްވެރިކަމާ ގުޅޭ ހުއްދަތަކާއި، ވިޔަފާރި ހުއްދަތައް ސިޓީ ކައުންސިލުން ދުވަހުން ދުވަހަށް ދެވޭގޮތް ހެދުން ހިމެނެއެވެ.

ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އާ ސަރުކާރެއް އުފެދިގެން އަންނައިރު ރައްޔިތުން އެސަރުކާރެއް މިނެކިރާނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިނގާ ކަންތައްތަކަށް ބެލުމަށް ފަހުގައެވެ. މިއީ އެމެރިކާގައިވެސް މިކަން ހިނގާ ގޮތެވެ. މީޑިއާތަކުގެ ފޯކަސް ހުއްޓެނީވެސް މިކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ހާސިލްކުރިކަންތައް ޓައިމް މެގަޒިން އިން ގެނެސްދީފައި ވެއެވެ.

 

1 ކޮމެންޓް
ޙާށށާޏ
ނޮވެމްބަރު 17, 2018
ކަލޯގަޔާ. މީގަ މިހުރީ ހުސް ޔާމީން ފަށާފަ ނިމިނިމި ހުރި ކަންތައް. އާސަރުކާރުގެ އެންމެ ކަމެއް ވެސް ނެތް