English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްގެ އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުުމުގެ މުއްދަތު އިތުރުކޮށްފިއެވެ

އައްޑޫ ސިޓީ ކައުންސިލް އިން ނެރުނު އިއުލާންގައި ބުނެފައިވަނީ އެ އިދާރާއިން އިން 5 ނޮވެމްބަރ 2018 ގައި ނެރުނުު އިއުލާންގެ މުއްދަތު ހަމަވިއިރު މިކަމަށް ޝައުގުވެރިވާ އިތުރު ފަރާތްތަކެއް ތިބިކަން ފާހަގަވާތީ އެފުރުސަތު އަލުން ހުޅުވާލީ ކަމަށެވެ

އައްޑޫސިޓީގެ އަވަށު މަޝްވަރާ ކޮމެޓީތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއަކުން އައްޑޫސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކަށް ނުވަތަ [email protected] މެއިލް އެޑްރަހަށް ފޮނުވުމަށަ އެ އިދާރާއިންވަނީ އެދިފައެވެ

ކޮމެޓީތަކަށް މެމްބަރުން ނަގާ ދާއިރާތަކާއި ގުޅުން ހުރިކަން އަންގައިދޭ ލިޔުމާއި އައިޑީ ކާޑް ކޮޕީ އާއި އެކު މަޝްވަރާ ކޮމެޓީގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަޑި އަކީ 21 ނޮވެމްބަރު 2018 ގެ 14:00 ގެ ނިޔަލަށެވެ

މި ފުރުސަތު އަލުން ހުޅުވާލުމާއި ގުޅިގެން ކުރިން މިކޮމިޓީގައި ބައިވެރިވުމަށް އެދި، ސިޓީ ނުވަތަ މެއިލް ފޮނުވާފައިވާ ފަރާތްތަކުން އަލުން ކޮމިޓީގައި ބައިވެރިވާން ހުށަހަޅަން ނުޖެހޭނެ ކަމަށް ސިޓީ ކައުންސިލް އިންވަނީ ބުނެފައެވެ

އްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، އަދި މީދޫ މިއިން ކޮންމެ އަވަށެއްގައި އަވަށު މަޝްވަރާ ކޮމެޓީތަކުގައި ތިއްބަވާނީ ގިނަވެގެން 15 މެމްބަރުންނެވެ. އަދި މަދުވެގެން 7 މެމްބަރުންނެވެ

ކޮމެޓީތައް ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގުމަށްޓަކައި މެމްބަރުން ނަގާ ދާއިރާތަކަކީ

  1. އިޤްތިސާދީ ދާއިރާ
  2. ޞިއްޙަތާއި މުޖުތަމައުގެ ދާއިރާ
  3. ތަޢުލީމާއި މުއާސަލާތުގެ ދާއިރާ
  4. ތިމާވެއްޓާއި ޔުޓިލިޓީސްގެ ދާއިރާ
  5. ޢުމްރާނީއާއި ތަރައްޤީގެ ދާއިރާ މި ކޮމެޓީގެ މަޤްޞަދަކީ ކައުންސިލުން ސިޔާސަތު އެކުލަވާލުމުގައި ވީހާވެސް ގާތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދޭނޭ ނިޒާމެއް ގާއިމްކުރުމާއި، ވަކިވަކި ދާއިރާތަކަށް ބޭނުންޖެހިފައިވާ ކަންތައްތައް ދެނެގަތުމާއި، ކައުންސިލުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް މަގު ފަހިކުރުމާއި، އަދި އަވަށު ފެންވަރުގައި ބަސްކިޔޭނޭ ނިޒާމެއް ގާއިމްކުރުންކަމަށް އައްޑޫ ސިޓީ ކައުންސިލް އިންވަނީ ބުނެފައެވެ