English Edition
Dhivehi Edition

ސިޔާ ކަޕް 2018 ގައި އިއްޔެ ޓޫ ބްރަދާސް އާއި އެފްސީ ސަބް އޯޝަނިކް ބައްދަލުކުރި މެޗުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު އެއްވަރު ވެއްޖެ އެވެ

މެޗުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓޫ ބްރަދާސްގެ ގޯލު ކީޕަރު ޝަރީފްއެވެ

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ގައުމު އެފްސީ އާއި ބައްދަލުކޮށް ސަބް އޯޝަނިކް ވަނީ 0-1 ގެ ނަތީޖާއަކުން ބަލިވެފައެވެ މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ގައުމު ޖޭ.އާރް އާއި ކްލަބް ރެންޑް އެންޓްސް ބައްދަލުކުރު މެޗު، ރެޑް އެންޓްސް އިން ކާމިޔާބުކޮށްފައިވަނީ 0-1 ނަތީޖާއަކުންނެވެ

މި މުބާރާތުގައި މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގައުމު އެފްސީ އާއި ކްލަބް ރެޑް އެންޓްސް އެވެ

ޖުމްލަ 05 ޓީމް ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 11 ނޮވެމްބަރު 2018 އިން 23 ނޮވެމްބަރު 2018އަށް މީދޫ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ކްލަބް ރެޑް އެންޓްސް، ގައުމު އެފްސީ، ގައުމު ޖޭ.އާރް، ޓޫ ބްރަދާސް، އެފްސީ ސަބް އޯޝެނިކްއެވެ.