English Edition
Dhivehi Edition

1994 ވަނަ އަހަރު ފިލިޕީންސްގައި ބޭއްވި މިސް ޔުނިވާސް މުބާރާތުން އެ އަހަރުގެ މިސް ޔުނިވާސްގެ ލަގަބު ލިބުނު ރީތީގެ ރާނީ ސުޝްމިތާ ސެން މއަންނަ އަހަރު ކައިވެނި ކުރަން ނިންމައިފިއެވެ.

އުމުރުން 42 އަހަރުގެ ސުޝްމިތާ ސެން އަކީ އިންޑިއާގެވެސް ފުރަތަމަ މިސް ޔުނިވާސްއަށް ހޮވުނު ތަރިއެވެ. އިންޑިއާގެ މައްޝޫރު ފިލްމީ ތަރި ސުޝްމިތާ ސެން ވަނީ އެތައް ފިލްމަކާއި ލަވަތަކެއް ކުޅެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ތަރިއެކެވެ.

ސުޝްމިތާ ވަނީ ކުޑަ ދެ އަންހެން ކުދިންވެސް އެޑޮޕްޓް ކޮށްފައެވެ. ސޯޝަލް މީޑިޔާގައި އާންމު ވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ސުޝްމިތާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިޔާގެ މޮޑެލްއެއް ކަމުގައިވާ ރޯމިލް ޝޯލްއާއެވެ.ރޯމިލްޝޯލް އަކީ ސުޝްމިތާއަށްވުރެ 15 އަހަރު ހަގު މީހެކެވެ.

މި ދެ ފަންނާނުން އެކަކު އަނެކަކާ ދިމާވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ފެޝަން ޝޯވ އެއްގެ ތެރެއިންނެވެ.އެނގިފައިވާގޮތުން ރޯމިލް ވަނީ ސުޝްނީތާޔަށް ޕްރޮޕޯޒްވެސް ކޮށްފައެވެ.އަދި އަންނަ އަހަރުގެ ތެރޭގައި ދެ ފަންނާނުން ކައިވެނި ކުރާނެކަމުގެ އަޑުތަކެއްވެސް ދަނީ ފެތުރެމުންނެވެ.