English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ކުރިއަށް ދިޔަ ‘އައި.އެސް.އޭ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓޫ ސިސްޓާސް އިން ހޯދައިފިއެވެ

ރޭ ކުޅުނު މި މުބާރާތުގެ ޗެމްޕިއަން ކަން ޓޫ ސިސްޓާސް އިން ހޯދީ ޓީމް ލެއްޗޭ އާއި ވާދަކޮށް، ފަހަތުން އަރާ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ޓީމް ލެއްޗޭ އިން ގެންދިޔައީ 26-24 އިންނެވެ. އެހެން ނަމަވެސް ޓޫ ސިސްޓާސްއިން ވަނީ، ކުޅުން އިތުރަށް ރަނގަޅުކޮށް ގޭމުތެރެއަށް ވަދެ، ޖެހިގެން އައި ތިން ސެޓުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމު ދިނުން އޮތެވެ. މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް ލެއްޗޭގެ އާމިނަތު ނަވާއިމް، ޖަޒްމީނާ،އާނިސް، ޓީމް ވިސްވިސްގެ ނާޝިދު، ޓޫ ސިސްޓާސްގެ ފައިޒުއް ރަހްމާންގެ އިތުރުން ޝަފްނީޒް އަލީ އެވެ. މި މުބާރާތުގެ އުއްމީދީ އަންހެން ކުޅުންތެރިއަކަށް ޒައިނާ ހޮވިފައިވާއިރު އުއްމީދީ ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ އާއިޝްއެވެ

މި މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ތައްޓާ މެޑެލް ބައްސަވާ ދެއްވީ މެޗުގެ ޝަރުވެރި މެހެމާން އަބްދުއް ރަހްމާން އާއި އަބްދުއް ސަމީއު(މެރެތަން)އެވެ