English Edition
Dhivehi Edition

ޖުމުހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަޤާމުން އެޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމް އިސްތިއުފާ ދެއްވައިފިއެވެ.

ޖޭޕީގެ ޕީޖީ ލީޑަރުގެ މަޤާމުން ގާސިމް އިބުރާހިމް އިސްތިއުފާ ދެއްވިކަން އެމަނިކުފާނު އިއުލާނު ކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް އިބުރާހިމް ވިދާޅުވީ އެމަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އެމަނިކުފާނު ހޮވިވަޑައިގެންނެވުމުން ކަމަށެވެ.

ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމަށް އެ ގުރޫޕްގެ މެންބަރުންގެ ރުހުމާއެކު މިހާރު ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އައްޔަންކުރަން ނިންމާފަ އެވެ. އޭނާއަކީ އެ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ކުއްލި ނުކުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒު ހައްޔަރުކުރުމުން އޭނާގެ ބަދަލުގައި ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންނެވެ.

ޤާސިމް އިބުރާހިމް ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރަަަކަށް އެޕާޓީގެ މަޖިލިސް މެމްބަރުންވެސް ހޮއްވެވުމަށް ބޭނުން ފުޅުވަނީ، މެމްބަރު ޢަބުދުﷲ ރިޔާޒު ކަމަށެވެ.

އަދި މިއަދު ރިޔާޒު އެމަޤާމަށް އައްޔަނު ކުރުމުގެ ބައްދަލުވުން ނުބޭއްވުނީ ވަގުތު ނެތިގެން ކަމުގައިވެސް ވިދާޅުއެވެ.

މިހާތަނަށް ޖުމުހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަޤާމު ފުރުއްފައިވައި ވަނީ ޤާސިމް އިބުރާހިމެވެ.