English Edition
Dhivehi Edition
އަވަސް ފޮޓޯ

މި ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުންތަކުން ރާއްޖެ ތިން ބިލިއަން ޑޮލަރަށް ދަރާފައިވާކަމަށް ކުރެވޭ ތުހުމަތުތައް ޗައިނާ އިން ދޮގުކޮށްފި އެވެ

މިއަދު ‘އަވަސް’އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވަނީ ދަރަނީގެ އަދަދު ބޮޑުކޮށްގެން ވާހަކަފުޅު ދައްކަވާތީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ޗައިނާގެ ސަފީރު ކަންބޮޑުވުންފާޅުކޮށްފައި މިވަނީ ސިނަމާލެ ބްރިޖާއި، އެއާޕޯޓް އެކްސްޓެންޝަން މަޝްރޫއާއި ހުޅުމާލެ ހައުސިން ޕްރޮޖެކްޓްތައް ހިމެނޭގޮތަށް ހިންގާފައިވާ މަޝްރޫއުތަކަކީ އެކަށީގެން ނުވާ އަދަދުތަކުން ޗައިނާއަށް ދީފައިވާ މަޝްރޫއުތަކެއް ކަމަށް ތުހުމަތުކޮށް އިންތިހާބުވި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވާހަކަދައްކާފައިވަނިކޮށެވެ. މި ކަމާއި ގުޅިގެން ސަފީރު ވިދާޅުވީ ދެކޮޅު ނުބައްލަވައި، ޒިންމާދާރުކަން ކުޑަ ގޮތަކަށް ދަރަނީގެ އަދަދު ބޮޑުކޮށްގެން ވާހަކަފުޅު ދައްކަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ

އެމްއެމްއޭގެ ގަވަރުނަރާއި ދާދި ފަހުން ބޭއްވި ބައްދަލުވުމަކަށް ހަވާލާދެއްވާ ސަފީރު ވިދާޅުވީ، ރާއްޖޭގެ ޖުމްލަ ބޭރުގެ ދަރަނި 1.2 ބިލިއަން ޑޮލަރުގައި ހުރިއިރު، އޭގެ ތެރެއިން ޗައިނާ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ އަދަދަކީ 600 މިލިއަން ޑޮލަރު ކަމަށެވެ

ދާދި ފަހުން އިދިކޮޅު ފަރާތްތަކުންނާއި ބޭރުގެ ނޫސްތަކުން ބުނެފައިވަނީ ރާއްޖެ ޗައިނާއަށް ތިން ބިލިއަންޑޮލަރަށް ދަރާފައިވާކަމަށެވެ