English Edition
Dhivehi Edition

އާބާދީގައި 19 މިލިއަން މީހުން ދިރިއުޅޭ މަޑަގަސްކަރަށް ތޫފާނެއް އަރަން އުޅޭކަމުގެ އިންޒާރު އެޤައުމުގެ ނޭޝަނަލް ބިއުރޯ ފޯރ ރިސްކް އެންޑް ކެޓޭސްޓްރޮފީ މެނޭޖްމެންޓުން ދީފިއެވެ.

އެ ބިއުރޯއިން ބުނީ ތޫފާން “އަލްސައިޑް” ދަނީ މިހާރު މަޑަގަސްކަރަ އާއި ކައިރިވަމުންކަމަށެވެ. ތޫފާން “އަލްސައިޑް” ގެ ނަމުން ނަންދީފައިވާ މި ތޫފާން މަޑަގަސްކަރައާއި ކައިރިވަމުންދާއިރު ތޫފާންގައި 139 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އެޕްރިކާގެ ޤައުމެއް ކަމަށް ބެލެވެމުން އަންނަ މަޑަގަސްކަރައަށް ތޫފާން އަރާނެ ކަމަށް ބެލެވޭއިރު ތޫފާން އިތުރަށް ބާރުގަދަ ވާނެ ކަމުގެ އިންޒާރުވެސްް ވަނީ ދީފައެވެ. އެގައުމުގެ ނޭޝަނަލް ބިއުރޯ ފޯރ ރިސްކް އެންޑް ކެޓޭސްޓްރޮފީ މެނޭޖްމެންޓުން ވަނީ ތޫފާނުން ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

މަޑަގަސްކަރަޔަށް މީގެ ކުރިންވެސް ވަނީ ތޫފާންތައް އަރާ އެތަށް ހާސް މީހުން މަރުވެފައެވެ.ކޮންމެ އަހަރަކުވެސް ނޮވެމްބަރުމަހާއި އެޕްރީލް މަހާ ދޭތެރޭ މަޑަގަސްކަރައަށް ތޫފާންތައް އަރައެވެ.