English Edition
Dhivehi Edition

– ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސްރީލަންކާއަށް ގެނެސްފައިވަނީ ބޮޑު ބަޣާވާތެއްކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔާސޫރިޔާ ވިދާޅުވެއްޖެއެވެ.

ކަރޫ ޖަޔާސޫރިޔާ މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ޑިޕްލޮމެޓުންނަށް ފޮނުއްވި ސިޓީއެއްގައިއެވެ.”އެ ހާދިސާތައް ސިފަކުރެވޭނީ ބަޣާވާތެއްގެ ގޮތުގައި. ދުރާލާ ރާވައިގެން، ބަޑި އާއި ޓޭންކަރާ ނުލައި ގެނައި ބަޣާވާތެއްގެ ގޮތުގައި”ކަރޫ ޖަޔާސޫރިޔާ މަޖިލީހުގެ ރައީސް މިހެން ބުނެފައިވާއިރު ލަންކާގެ ރައީސް ވަނީ އެ ޤައުމުގެ ޤާނޫން ހަދާ މަޖިލިސް ސަސްޕެންޑު ކުރައްވާފައެވެ.

މިދިޔަ މަހުގެ 26ގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އެޤައުމުގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް، އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ. ސަސްޕެންޑު އުވާލުމަށްފަހު މިހާރު ސިރިސޭނާ ވަނީ އަންނަ ބުދަ ދުވަހު މަޖިލިސް ބައްދަލުވުމެއް ބާއްވަން އަމުރު ކުރައްވާފައެވެ.