English Edition
Dhivehi Edition

އެމްޑީޕީއަކީ ފަނާކުރާ ބައެއް ނޫން ކަމަށައި އެއީ ބިނާކުރާ ބައެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހާރު އައްޑޫސިޓީއަށް ކުރައްވަވާ ދަތުރުފުޅުފައި އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވަވައި ވާހަކަ ފުޅު ދައްކަވަމުން މިގޮތަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ހެދުމާ ދެކޮޅަށް ބައެއް ފަރާތްތަކުން އެމްޑީޕީގެ ސަޕޯޓަރުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅުވައިގެންނެވެ.

“މިއަދު ރައީސް ޔާމީންވަނީ ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލާފައި، އެތަނުގައި ހޮސްޕިޓަލެއް ހެނދުމުގެ ނަމުގައި މުޅިތަން ރޫޅާލައިފި، އަޅުގަނޑުމެންނަކީ ހަލާކުކުރާ ބަޔެއް ނޫން، އަޅުގަނޑުމެންނަކީ ބިނާކުރާ ބަޔެއް، ރައީސް ޔާމީން އެ ކުރައްވާން ފެއްޓެވި މަސައްކަތް އަލުން ބަދަލުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރިކަމެއް ނޫން، އަލުން އަބުރާ މިހާރު ކުރެވިފައިވާ ޚަރަދު އުކާލާ ބޭކާރު ކުރުމަކީ އަޅުގަނޑުމެން އެކަކަށްވެސް ވެސް އޭގެން ފައިދާވާނެ ކަމެއް ނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކޮންވެންޝަން ސެންޓަރު މުޅިން ހަލާކުކޮށް ނުލެވުނީ އެތައް ހަދާފައި ހުރިލެއް ވަރުގަދަކަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އައްޑޫ ކޮންވެންޝަންޓަރަކީ ހޮސްޕިޓަލެއްގެ ގޮތުގައި ނޫން ގޮތަކަށް ހަދަން ނުފެންނަ ކަމަށާއި އައްޑޫގެ ސިޓީގެ ރައްޔިތުން ބޭނުންވާ ނަމަ އަނެއްކާވެސް ކޮންވެންޝަން ސެންޓަރެއް މި ސިޓީގައި ބިނާކުރާނީ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި އައްޑޫސިޓީގައި ބޭއްވި ސާކުސަމިޓާ ދިމާކޮށް ހިތަދޫގައި ހެދި ސިޓީ ސްކެއާ އާއި އެޅެދީދީ މަގު ކަންމަތީގައި ހަދާފައިވާ ބޮޑު ބުރު ތަޅާލާ އެތަންތަން ސުންނާފަތިކޮށް އެމްޑީޕީން އައްޑޫއަށް ގެނެސްދެއްވި ތަރައްގީ ނައްތާލަން މިހާރުގެ ސަރުކާރުން މަސައްކަތް ކުރާ ކަމަށްއެމްޑީޕީގެ ސަޕޯޓަރުން އަބަދުވެސް ދަނީ ބުނަމުންނެވެ. ހަމައެއާއެކު ފެންވަރު ރަނގަޅު ކޮންވެންޝަން ސެންޓަރެއް އައްޑޫގައި އިމާރާތްކޮށް ސިޓީއަށް ގެނެސްދެއްވި ފަޚުރާއި ޝަރަފު މިހާރުގެ ސަރުކާރުން ނައްތާލި ކަމަށް ބުނެ އެމްޑީޕީގެ އައްޑޫ ސަޕޯޓަރުން އަބަދުވެސް ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ .

މިހުރިހާ ފާޑުކިޔުންތަކާއެކު ރައީސް ނަޝީދަށް ބޮޑު ސަޕޯޓެއް އަބަދުވެސް އޮންނަ އައްޑޫސިޓީއަށް ނަޝީދު ވަޑައިގަތުމުން ސިޓީގެ ރައްޔިތުން ނަޝީދަށް މަރުހަބާ ކިޔާފައިވަނީ “ހިތާ ހިތުގެ ގުޅުމުން” ނެވެ. ގިނަ ދުވަސްތަކަކަށް ފަހު ރައީސް ނަޝީދު އައްޑޫއަށް ކުރަައްވަވާ މިދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނަޝީދުގެ މި ދަތުރުފުޅުގައި މި އަދު މެންދުރުފަހު ވަޑައިގަންނަވާނީ ހުޅުމީދޫ އަށެވެ.